މިފޮތަކީ އަޅުގަނޑުގެ ހަޔާތުގެ އެންމެ މުހިއްމު ސަފްހާތަކެވެ. އަޅުގަނޑު ކާބަފައިންނާއި, އަޅުގަނޑު ދުނިޔެއަށް އުފަންވީއްސުރެ މިހާތަނަށް އަޅުގަނޑާ މެދު ކަންކަން ހިނގަމުންދިޔަ ގޮތާއި، އަޅުގަނޑު ކަންތައް ކުރި ގޮތެވެ. މިހެން ދެންނެވިޔަސް, ވޭތުވެދިޔަ ދިގު މާޒީގައި ހަނދާނުން ކައްސާލާފައިވާ ކަންތައްތަކެއް ހުރެދާނެއެވެ. އަޅުގަނޑުގެ ހަޔާތުގައި ހިނގާފައިވާ ކޮންމެ ކަމެއްގެ އެންމެ ފުރިހަމަ ތަފްސީލަށް ދިޔުމަކީ, މިފަދަ އެއް ފޮތަކުން ދެ ފޮތަކުން ފުއްދާލެވޭ ވަރަށްވުރެ ދިގު ވާހަކަ ތަކެކެވެ.

Qasim Biography Book